ޚަބަރު

ސަރުކާރުގައި ފައިސާ ނެތިގެން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ކެންސަލްކޮށްފި

ހއ

ހުސެއިން އާދަމް

14 ޖުލައި 2026
14:26
ސަރުކާރުގައި ފައިސާ ނެތިގެން މިނިވަން ދުވަހުގެ ރަސްމީ ބައްދަލުކުރެއްވުން ކެންސަލްކޮށްފި

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން މި އަހަރުވެސް ނުބޭއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި ބައްދަލުކުރެއްވުން ނުބޭއްވެވުމަށް ނިންމެވީ، ދައުލަތުގެ ޚަރަދުތައް ކުޑަކުރެއްވުމުގެ ގޮތުން އަޅުއްވާ ފިޔަވަޅެއްގެ ގޮތުންކަމަށް ސަރުކާރުން ބުނެއެވެ.

މިބައްދަލުކުރެއްވުން ނުބޭއްވި ނަމަވެސް މިނިވަން ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނެއެވެ.

މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވަވާ ރަސްމީ ޖަލްސާ މި ފަހަރު އޮންނާނީ، މިނިވަން ދުވަހުގެ ހެނދުނު 09:00 ގައި، ޒުވާނުންގެ މަރުކަޒުގެ މާލަމުގައެވެ. މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި ޤައުމާ މުޚާޠިބުކުރައްވާނެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް