ސިޔާސީ

މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރަކީ "ބޭޤަރާރެއް" - ޖަނާބު

ހއ

ހުސެއިން އާދަމް

28 ޖުލައި 2026
13:45
މުވައްޒަފުން ވަކިކުރާތީ ހުށަހެޅި ޤަރާރަކީ "ބޭޤަރާރެއް" - ޖަނާބު

މި ސަރުކާރުން ގިނަ އަދަދެއްގެ މުވައްޒަފުން ނުޙައްޤުން ވަޒީފާއިން ވަކިކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ޤަރާރަކީ ބޭޤަރާރެއް ކަމަށް ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރު އިބްރާހީމް މުޙައްމަދު (ޖަނާބު) ވިދާޅުވެއްޖެއެވެ.

މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު ޖަނާބު ސިފަކުރެއްވި ގޮތުގައި، މި ޤަރާރަކީ އެއްވެސް ބުރަދަނެއް ނެތް، ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ސަރުކާރު ބަދުނާމު ކުރުމަށް ސިޔާސީ މަގުސަދެއްގައި ހުށަހަޅާފައިވާ ކަމެކެވެ. އޭނާ ވިދާޅުވީ މިފަދަ އަސާސެއް ނެތް ކަންކަން މަޖިލީހަށް ހުށަހެޅުމަކީ މަޖިލީހުގެ އަގުހުރި ވަގުތުތައް ބޭކާރުވުން ކަމަށާއި، އެހެންކަމުން އެ ޤަރާރަށް އެއްވެސް ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

ޖަނާބު އިތުރަށް ވިދާޅުވީ، މިއީ ސިޔާސީ ގޮތުން ކުރާނެ ކަމެއް ނޭނގިގެން އެމްޑީޕީން ކުރާ ކަމެއް ކަމަށާއި، ރާއްޖޭގައި މިވަގުތު ޒިންމާދާރު އިދިކޮޅު ޕާޓީއެއް ނެތް ކަމަށެވެ. އަދި އެމްޑީޕީގެ ވެރިކަމުގައިވެސް ސިޔާސީ ސަބަބުތަކަށްޓަކައި މީހުން ވަޒީފާއިން ވަކިކޮށްފައިވާކަން ފާހަގަކުރައްވަމުން، އޭނާ ވިދާޅުވީ މި ޤަރާރަކީ ރައްޔިތުންގެ ސަމާލުކަން އެހެން ދިމާލަކަށް އަނބުރާލުމަށް ހުށަހަޅާފައިވާ ކަމެއް ކަމަށެވެ. މި ބަހުސްގައި ސަރުކާރު ކޯލިޝަންގެ އެހެން މެންބަރުންވެސް ވަނީ ޤަރާރާ ދެކޮޅަށް ވާހަކަދައްކަވާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް