ސިޔާސީ

ހުޅުމާލެއިން ބިންތައް ވިއްކާ ގޮތް ހާމަކުރަން އެޗްޑީސީން ދެކޮޅު ހަދައިފި

ހއ

ހުސެއިން އާދަމް

28 ޖުލައި 2026
13:56
ހުޅުމާލެއިން ބިންތައް ވިއްކާ ގޮތް ހާމަކުރަން އެޗްޑީސީން ދެކޮޅު ހަދައިފި

ހުޅުމާލެއިން ބިންތައް ވިއްކުމުގައި އަމަލުކުރާ އުސޫލުތަކާއި ގުޅޭގޮތުން މައުލޫމާތު ހޯދުމަށް އެދުމުން، އެއީ ކުންފުނީގެ ސިއްރު މައުލޫމާތު ކަމަށް ބުނެ އެ މައުލޫމާތު ހިއްސާކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ދެކޮޅު ހަދައިފިއެވެ.

މި މައުލޫމާތު ހޯދުމަށް އެޗްޑީސީގައި އެދިވަޑައިގަތީ ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ. އޭނާ ވަނީ މިއަހަރުގެ މެއި މަހުގެ ދެވަނަ ދުވަހު އެޗްޑީސީއަށް ސިޓީއެއް ފޮނުއްވައި، ހުޅުމާލޭގެ ބިން ވިއްކުމާ ގުޅޭގޮތުން ހަތް ސުވާލެއް ކުރައްވާފައެވެ.

މެންބަރު މުހައްމަދު އިބްރާހީމް މައިގަނޑު ގޮތެއްގައި ސުވާލު ކުރެއްވީ ހުޅުމާލޭގެ ލޮޓް ނަންބަރު 11673 ވިއްކުމުގައި އަމަލުކޮށްފައިވާ ގޮތާ ބެހޭގޮތުންނެވެ. އެގޮތުން އެ ބިން ވިއްކާފައިވަނީ އުސޫލުން ބޭރުން ސީދާކޮށް ހަވާލުކޮށްގެންތޯ އާއި، އެ ބިމަކީ އެޗްޑީސީގެ ލޭންޑް ޔޫސް ޕްލޭންގައި ހިމެނޭ ބިމެއްތޯ އޭނާ ސުވާލު ކުރެއްވިއެވެ.

މީގެ އިތުރުން، ހުޅުމާލެއިން ބިން ވިއްކުމުގައި އަގު ކަނޑައަޅާ އުސޫލާއި، ބިން ވިއްކުމުގައި ސަރުކާރުގެ ދައުރަކީ ކޮބައިތޯއާއި، އަދި މިފަދަ މުއާމަލާތްތައް ހިންގުމުގައި ދެފުށްފެންނަ އުސޫލެއް ގެންގުޅޭތޯ ބެލުމަށްވެސް މެންބަރު ވަނީ އެދިވަޑައިގެންފައެވެ.

މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެމުން އެޗްޑީސީން މެއި މަހުގެ 12 ވަނަ ދުވަހު ފޮނުވި ސިޓީގައި ބުނެފައިވަނީ، އެދިފައިވާ މައުލޫމާތަކީ ކުންފުނީގެ ސިއްރު ހިމެނޭ މައުލޫމާތުތަކެއް ކަމަށެވެ. އެހެންކަމުން އެ މައުލޫމާތުތައް ހިއްސާކުރެވެން ނެތް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް