ސިޔާސީ

"ދިމްޔާތުން" ސައުދާ އާއި ރާފިއު، "އަސްލު ޕީއެންސީން" ޝުޖާއު އާއި ސައީދު ވާދަކުރަނީ!

ހއ

ހުސެއިން އާދަމް

01 އޯގަސްޓް 2026
16:41
"ދިމްޔާތުން" ސައުދާ އާއި ރާފިއު، "އަސްލު ޕީއެންސީން" ޝުޖާއު އާއި ސައީދު ވާދަކުރަނީ!

ކުރިއަށް އޮތް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ އިންތިޚާބުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިތުބާރު އޮތް "ދިމްޔާތު ފެކްޝަނުން" ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަބްދުالله ރާފިއު ޕީއެންސީގެ ނައިބު ރައީސުންގެ މަގާމަށް ވާދަކުރާނެކަން އިއުލާންކޮށްފިއެވެ.

މީގެ އިތުރުން، "އަސްލު ޕީއެންސީ" ގެ ނަމުގައި ސިއްރުން އުފައްދައިގެން އުޅޭ އަދި ރައީސް މުއިއްޒު އާއި ދެކޮޅު ފެކްޝަނުން ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު އާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ ނައިބު ރައީސްކަމުގެ މަގާމަށް ވާދަކުރައްވާނެކަން ހާމަކުރައްވާފައެވެ. މިއާއެކު ޕާޓީގެ އެތެރޭގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ.

ނައިބު ރައީސް ކަމަށް ވާދަކުރައްވާ ސައުދާއަކީ ރައީސް މުއިއްޒުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މީގެކުރިން ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް ސައުދާ އަދާކުރައްވާފައެއް ނުވެއެވެ. އަދި ދިމްޔާތު ފެކްޝަނުން ވާދަކުރައްވާ މިނިސްޓަރު ރާފިއުއަކީ އެންމެ ފަހުން ބޭއްވި ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަނުގައި ޕީއެންސީގެ ކެމްޕޭން މެނޭޖަރަކަށް ހުންނެވި ބޭފުޅާއެވެ. ރާފިއުއަކީ ވެސް މީގެކުރިން ސިޔާސީ ޕާޓީއެއްގެ އިސް މަގާމެއް ފުރުއްވާފައިވާ ބޭފުޅެއް ނޫނެވެ.

ޕީއެންސީގެ ކޮންގްރެސް ބޭއްވުމަށް މިހާރު ތާވަލުކޮށްފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ މެދުތެރޭގައެވެ. މި ކޮންގްރެސްގައި ޕާޓީގެ އެކި ދަރަޖަތަކުގެ އިސް މަގާމުތަކަށް މެންބަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް