ޚަބަރު

ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި

ހއ

ހުސެއިން އާދަމް

25 އޮކްޓޯބަރ 2026
14:41
ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފި

އޮންލައިންކޮށް ހިންގި 32،000 ރުފިޔާގެ ސްކޭމްގެ މައްސަލައަކާ ގުޅިގެން ތިންމީހުން ހައްޔަރުކޮށްފިއެވެ. މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

 

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހ. ވެލަސްފަރުގެ / މާލެ، ޙުސައިން ސާމިރު (40އ) އާއި، ދަފްތަރު. ނަންބަރު ރސ 6007 / މާލެ، މުޙައްމަދު ރީޙާން (33އ) އާއި، ޖޯޖެޑްވިލާ / މާލެ، އަޙްމަދު .ސުޖާއު (46އ) އެވެ

 

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ޙުސައިން ސާމިރު (40އ) އާއި، އަޙްމަދު  ސުޖާއު (46އ) 15 ދުވަހަށް އަދި މުޙައްމަދު ރީޙާން (33އ) ހަތްދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.

 

މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން ކަމަށް ފުލުހުން ބުންޏެވެ.

 

ފުލުހުން ބުނީ ސްކޭމްގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި، އޮންލައިން މެދުވެރިކޮށް ފޮނުވާ ގޮތް ނޭނގޭ ލިންކުތަކަށް ނުވަނުމަށާއި، އޯޓީޕީ ކޯޑު ހިއްސާނުކުރުމަށާއި، އޮންލައިންކޮށް ވިޔަފާރިކުރުމާއި ފައިސާގެ މުއާމަލާތްތައް ހިންގުމުގައި، މުއާމަލާތުކުރެވޭ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަށާއި، ޒާތީ މައުލޫމާތާއި ބޭންކިންގ ތަފުސީލުތައް އެހެން ފަރާތްތަކާ ހިއްސާނުކުރުމަށް އިލްތިމާސްކުރާކަމަށެވެ.

 

މަކަރާއި ހީލަތުގެ އަމަލެއް ފާހަގަކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރަށް ރިޕޯޓުކުރެއްވުމަށް ފުލުހުން އެދެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް