ކުޅިވަރު

ރޭންޖާސް ހަތަރު މެޗުން ބަލިވެ ފުލުގައި

ހއ

ހުސެއިން އާދަމް

07 ނޮވެމްބަރ 2025
04:52
ރޭންޖާސް ހަތަރު މެޗުން ބަލިވެ ފުލުގައި

ރޭންޖާސް ޔޫރޮޕާ ލީގުގައި ޖެހިޖެހިގެން ހަތަރުވަނަ މެޗުން ބަލިވެ ތާވަލުގެ އެންމެ ފުލުގައި އޮތުމުން އިބްރޮކްސްއަށް އަނެއްކާވެސް ސަޕޯޓަރުންގެ ނުރުހުން އަމާޒުވެއްޖެއެވެ. ސެލްޓިކް އަތުން ލީގު ކަޕްގައި ބަލިވުމަށްފަހު އެ ޓީމަށް އަރައިގަނެވޭ ގޮތް ނުވުމާއެކު، ކްލަބުގެ ބޯޑާ ދެކޮޅަށް އިތުރު ބެނާތައް ރޭ ވެސް ސަޕޯޓަރުން ވަނީ ނަގާފައެވެ.

ރޭގެ ކުރިން ޑެނީ ރޯލްގެ ޓީމަށްވުރެ އެންމެ ތިން ޕޮއިންޓް ކުރީގައި އޮތް ރޯމާ އިން ލީޑު ނެގީ، ބްރަޔަން ކްރިސްޓަންޓޭ ދިން ބޯޅައެއް މެޓިއާސް ސޫލޭ ފަސޭހަކަމާއެކު ގޯލަށް ވައްދާލައިގެންނެވެ. ފުރަތަމަ ހާފުގެ ކުރިން އެމީހުން ލީޑު ދެގުނަ ކުރިއެވެ. ރޭންޖާސްގެ ޑިފެންސްގެ ސަމާލުކަން ކެނޑިފައިވަނިކޮށް ލޮރެންޒޯ ޕެލެގްރީނީ ވަނީ ބޯޅަ ވައްދާލާފައެވެ.

ރޭންޖާސް މިހާރު އޮތީ ޕޮއިންޓެއް ނުލިބި އޮތް ދެ ޓީމުގެ ތެރެއިން އެއް ޓީމުގެ ގޮތުގައެވެ. އަދި އެ ޓީމަށް ޖެހިފައި ވަނީ އެންމެ ގޯލެކެވެ. ނަމަވެސް ޖުމްލަ އަށް ގޯލު ވަނީ ބައިކޮޅަށް ވަދެފައެވެ.

އާދިއްތަ ދުވަހު އޯލްޑް ފާމްގައި ބަލިވުމަކީ ރޯލްއަށް ލިބުނު ހީނަރުކަމެކެވެ. އޭނާ ވަނީ ބުރާސްފަތި ދުވަހު އޭނާގެ ޓީމަށް ބަދަލުތަކެއް ގެނެސްފައެވެ. ޑެރެކް ކޮނެލިއަސް، މުޙައްމަދު ޑިއޮމަންޑޭ، ޑެނިލޯ އަދި ތެލޯ އާސްގާޑް ބާކީކޮށް، މެކްސް އާރަންސް، މައިކީ މޫރ، ޑްޖެއިޑީ ގައްސާމާ އަދި ކޮނޯ ބެރަން ވަނީ ޓީމަށް ގެނެސްފައެވެ.

ޔޫރޮޕާ ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން ބަލިވެފައިވާ ރޯމާ ޓީމުގައި މުހިންމު ކުޅުންތެރިން ކަމަށްވާ އިވަން ފާގަސަން، ޕައުލޯ ޑައިބާލާ، އެންޖެލީނޯ އަދި ލިއޮން ބެއިލީ ނުހިމެނުނު ނަމަވެސް، އެކަމުގެ ނޭދެވޭ އަސަރެއް ޖިއާން ޕިއެރޯ ގަސްޕެރީނީގެ ޓީމަށް ކޮށްފައެއް ނުވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް