ބައިކޮޅަށް ގޯލް ވަނުން ޔުނައިޓެޑަށް ހުއްޓުވިދާނެތަ؟
ހުސެއިން އާދަމް

މެންޗެސްޓަރ ޔުނައިޓެޑަކީ މިވަގުތު ޕްރިމިއަރ ލީގުގެ އެންމެ ބޮޑު "އެންޓަޓެއިނަރ" އެވެ.
މި ސީޒަންގައި އެޓީމު ކުޅުނު 10 މެޗުން ޖުމްލަ 33 ގޯލު ވަނީ ފެނިފައެވެ. މިއީ އެ ލީގުގެ އެހެން ކްލަބްތަކަށްވުރެ ގިނަ އަދަދެކެވެ. އެ 33 ގޯލުގެ ތެރެއިން 17 ގޯލު ޔުނައިޓެޑުން ޖަހާފައިވާއިރު، ކަންބޮޑުވާންޖެހޭ އަދަދެއް ކަމަށްވާ 16 ގޯލު ވަނީ އެޓީމުގެ ގޯލަށް ވަދެފައެވެ.އެޓީމު ކުޅުނު މެޗުތަކުގެ ތެރެއިން އެންމެ ތިން މެޗުގައި އެކަނި ނޫނީ ދެ ޓީމުން ވެސް ގޯލު ޖަހާފައިވެއެވެ. އަދި ޔުނައިޓެޑަށް ލިބިފައިވަނީ އެންމެ ކްލީން ޝީޓެކެވެ.
ރޫބެން އަމޮރިމްގެ ޓީމުން ކުރިއަށް ދިއުމުގައި ކުރިމަތިވި މައްސަލަތައް ހައްލުކޮށްފައިވާކަން ކަށަވަރެވެ. މި ސީޒަންގައި އެޓީމު ޖެހި 17 ގޯލަށްވުރެ ގިނައިން ޖަހާފައިވަނީ އެންމެ ހަތަރު ކްލަބަކުންނެވެ. އޭގެ ތެރޭގައި އާސެނަލް، ޗެލްސީ އަދި ލިވަޕޫލް ހިމެނޭއިރު، އެ ޓީމުތަކުން ވެސް ޖަހާފައިވަނީ އިތުރަށް އެންމެ ގޯލެކެވެ.
ލިވަޕޫލް (ޖުމްލަ 32 ގޯލު، 18 ޖެހި)، ބްރައިޓަން (ޖުމްލަ 32 ގޯލު، 17 ޖެހި) އަދި ބޯންމައުތު (ޖުމްލަ 31 ގޯލު، 17 ޖެހި) އަކީ ތާވަލުގެ ކުރީގައި ހިމެނޭ ޓީމްތަކެވެ. ނަމަވެސް ޔުނައިޓެޑްގެ އެޓޭކިން އިތުރުވުމުގެ ގެއްލުން ބޮޑުވެދާނެއެވެ. އެއީ ޕްރިމިއަރ ލީގުގެ ތާވަލްގެ ކުރީގައި ހިމެނޭ އެހެން ކްލަބްތަކަށްވުރެ ގިނަ ގޯލު އެޓީމުގެ ގޯލަށް ވަދެފައިވާތީއެވެ. ހަގީގަތުގައި އެޓީމުގެ 16 ގޯލަށްވުރެ ގިނައިން ގޯލު ވަދެފައިވަނީ ލީގުގެ އެންމެ ފުލުގައި އޮތް ފަސް ޓީމުގެ ގޯލަށެވެ.
ޔުނައިޓެޑް ކުޅުނު 10 ލީގު މެޗުގެ ތެރެއިން ފަސް މެޗުގައި އެޓީމުގެ ގޯލަށް ވަނީ މަދުވެގެން ދެ ގޯލު ވަދެފައެވެ. އެ މެޗުތަކުން އެޓީމަށް ލިބިފައިވަނީ ހަތް ޕޮއިންޓެވެ.
މި ސީޒަންގައި 3-4-2-1 ފޯމޭޝަނެއްގައި ތިން ސެންޓްރަލް ޑިފެންޑަރުންނާއެކު ކުޅެމުން އަންނަ ކޯޗު ރޫބެން އަމޮރިމް ބުނެފައިވަނީ އެޓީމުގެ ގޯލަށް ވަންނަ ގޯލުގެ އަދަދު ގިނަވުމަކީ މައްސަލައެއް ކަމަށެވެ.
ފާއިތުވި ތިން ސީޒަންގައި، ލީގުގެ މަގުން ޔޫރަޕިއަން ފުޓްބޯޅައަށް ކޮލިފައިވި 20 ކްލަބުގެ ތެރެއިން އެންމެ ތިން ކްލަބުގެ ގޯލަށް 60 ގޯލު (އެވްރެޖްކޮށް މެޗަކަށް 1.58 ގޯލު) ވަދެފައިވެއެވެ. ޔުނައިޓެޑް މިހާރު މި އޮތީ އެ އަދަދަށްވުރެ ގިނަ ގޯލު ވަނުމުގެ މަގުމަތީގައެވެ.
އެހެންކަމުން، ލީގުގެ އެންމެ ގިނައިން ގޯލު ޖަހާ ފަސް ޓީމުގެ ތެރޭގައި ހިމެނޭ އެޓީމުގެ ގޯލަށް ވަންނަ ގޯލުގެ އަދަދު މަދުކުރެވިދާނެތޯއެވެ؟
ގޯލު ވަނުން އެއީ މައްސަލައެއް - އަމޯރިމް
އަމޯރިމް ބުނީ އެކަން ކުރެވޭނެ ކަމަށާއި، ނަމަވެސް ހޮނިހިރު ދުވަހު ޓޮޓެންހަމްއާ ދެކޮޅަށް ކުޅުމުގެ ކުރިން ވާހަކަ ދައްކަމުން އޭނާ ބުނީ އޭނާގެ ޓީމު ކޮޅަށް ގޯލު ވަންނަ މިންވަރަކީ މައްސަލައެއް ކަމަށާއި، އަދި ނޮޓިންހަމް ފޮރެސްޓުން ނޮވެމްބަރު 1 ގައި ސިޓީ ގްރައުންޑްގައި އެމީހުންގެ ގޯލަށް ފޮނުވާލި ޝޮޓްތަކުގެ އަދަދު (17) ވެސް މައްސަލައެއް ކަމަށެވެ. "ލީގު ތާވަލަށް ބަލާލީމާ، މޮޅުވަމުންދާ ޓީމްތަކަށް ގޯލެއް ނުވަންނަކަން" އޭނާ ބުންޏެވެ.
"މިއީ ޓީމުގެ ކަމެއް، ސަބަބަކީ ހުރިހާ ކަމެއް ގުޅިފައިވާތީ އަދި ބައެއް ފަހަރު ހަމަލާ ދިނުން ރަނގަޅުވީމާ ދިފާޢުވުން ވެސް ރަނގަޅުވޭ. ނަމަވެސް އަޅުގަނޑުމެން ކޮޅަށް ގޯލު ވަންނަ މިންވަރަށް ގޯލު ވަދެގެން ނުވާނެ. އަޅުގަނޑުމެން އިތުރަށް އެގްރެސިވް ވާން ޖެހޭ. ފަހު މެޗުގައި އަޅުގަނޑުމެންނަށް އޭރިއާ ތެރޭގައި ދިފާޢުވުމުގައި ކޮންމެވެސް ވަރަކަށް ދަތިތަކެއް ކުރިމަތިވި، ސަބަބަކީ އޭރިއާ ބޭރުން އެއްވެސް ޕްރެޝަރެއް ނެތި ކްރޮސްތައް ދިނުމުގެ ފުރުސަތު ދިނުމުން. އަޅުގަނޑުމެން މި ހަފްތާގައި އެކަން ރަނގަޅު ކުރުމަށް މަސައްކަތްކޮށްފައިވާނެ."