ސިޔާސީ

ރިޔާސީ އިންތިޚާބު ކެމްޕޭނަށް ރައީސް ފައިނަށް ވަޑައިގަންނަވާނީ ފައިނު އެއާޕޯޓުން: ފަލާހް

ކ

ކްރިޓިކްސް

15 ފެބްރުއަރީ 2026
06:09
ރިޔާސީ އިންތިޚާބު ކެމްޕޭނަށް ރައީސް ފައިނަށް ވަޑައިގަންނަވާނީ ފައިނު އެއާޕޯޓުން: ފަލާހް

2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކެމްޕޭން ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައިނަށް ވަޑައިގަންނަވާނީ އެ ރަށުގައި އަޅާ އެއާޕޯޓަށް ފްލައިޓްގައި ކަމަށް އިނގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވެއްޖެއެވެ.

ކިނޮޅަހުގައި ބޭއްވި ޕީއެންސީގެ ކެމްޕޭން ހަރަކާތެއްގައި ވާހަކަދައްކަވަމުން ފަލާޙް ވިދާޅުވީ، އަތޮޅުގެ ތަރައްގީއަށް މުހިންމު ގިނަ މަޝްރޫއުތަކެއް ރޭވިފައިވާ ކަމަށާއި، މި ކަންކަން ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން އިންތިހާބު ކުރުން މުހިންމު ކަމަށެވެ.

ފައިނު އެއާޕޯޓާ ގުޅޭގޮތުން ރަށުގެ ރައްޔިތުން ކުރަމުންދާ ސުވާލުތަކަށް އިޝާރާތް ކުރައްވައި ފަލާޙް ވިދާޅުވީ، މާތްﷲގެ އިރާދަފުޅާއެކު ދެން އަންނަ ރިޔާސީ އިންތިހާބެއްގެ ކެމްޕޭނަށް ރައީސް އެ ރަށަށް ވަޑައިގަންނަވާނީ ސީދާ ފައިނު އެއާޕޯޓަށް ޖައްސާ މަތިންދާބޯޓެއްގައި ކަމުގެ ޔަގީންކަން ދޭން ބޭނުންވާ ކަމަށެވެ. މިއީ ރައީސްގެ ސިޔާސީ ބަޔާނުގައި ވެސް ހިމަނުއްވާފައިވާ މުހިންމު މަޝްރޫއެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ އެންމެ ފަހުގެ ތަފްސީލުތަކަށް ބަލާއިރު، އެމްއޭސީއެލް އިން ވަނީ އެއާޕޯޓުގެ ކޮންސެޕްޓް ރަށު ކައުންސިލާ ހިއްސާކޮށްފައެވެ. ނަމަވެސް، ޓެކްނިކަލް މައުލޫމާތު ރައްޔިތުންނަށް ދިނުމަށް ބާއްވަން އުޅުނު ބައްދަލުވުން، ކަމާބެހޭ ފަރާތްތަކަށް ވަޑައިނުގެންނެވުމުގެ ސަބަބުން އަދި އޮތީ ނުބޭއްވިފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް