ލައިފް ސްޓައިލް

ޔޫޓިއުބް ބޭނުންކުރުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި

ހއ

ހުސެއިން އާދަމް

18 ފެބްރުއަރީ 2026
07:05
ޔޫޓިއުބް ބޭނުންކުރުމުގައި ދިމާވި މައްސަލަ ހައްލުކޮށްފި

ޔޫޓިއުބްއަށް ވަނުމަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކޮށްފި ކަމަށް ޔޫޓިއުސް އިން ބުނެފިއެވެ. މި މައްސަލަ ދިމާވީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޚިދުމަތް މެދުކެނޑިފައިވާކަން އައުޓޭޖް-ޓްރެކިންގ ވެބްސައިޓެއް ކަމަށްވާ ޑައުންޑިޓެކްޓަރ އިން ރިޕޯޓުކޮށްފައި ވަނިކޮށެވެ.

ޔޫޓިއުބުން ބުނި ގޮތުގައި، އެ ކުންފުނީގެ ރެކޮމެންޑޭޝަން ސިސްޓަމަށް ދިމާވި މައްސަލައެއްގެ ސަބަބުން ޔޫޓިއުބްގެ އެކި ޕޭޖްތަކުން ވީޑިއޯތައް ފެނުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

"އަޅުގަނޑުމެންގެ ރެކޮމެންޑޭޝަން ސިސްޓަމަށް ދިމާވި މައްސަލަ މިހާރު ވަނީ ހައްލުކުރެވިފައި. އަދި އަޅުގަނޑުމެންގެ ހުރިހާ ޕްލެޓްފޯމްތަކެއް (ޔޫޓިއުބް އެޕް، ޔޫޓިއުބް މިއުޒިކް، ކިޑްސް، އަދި ޓީވީ) މިހާރު ވަނީ އާންމު ހާލަތަށް އައިސްފައި،" ޔޫޓިއުބުން ނެރުނު އަޕްޑޭޓެއްގައި ބުނެފައިވެއެވެ.

ޑައުންޑިޓެކްޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި މައްސަލަ އެންމެ ބޮޑަށް ކުރިމަތިވި ވަގުތު އެމެރިކާގެ 320,000 އަށްވުރެ ގިނަ ޔޫޓިއުބް ބޭނުންކުރާ ފަރާތްތަކުން ވަނީ ޔޫޓިއުބްގެ މައްސަލަތައް ރިޕޯޓުކޮށްފައެވެ.

ޑައުންޑިޓެކްޓަރގެ ނަންބަރުތަކަކީ ބޭނުންކުރާ ފަރާތްތަކުން ހުށަހަޅާ ރިޕޯޓުތަކުގެ މައްޗަށް ބިނާވެފައިވާ ނަންބަރުތަކެކެވެ. އެހެންކަމުން، މިކަމުގެ އަސަރުކުރި މީހުންގެ އަސްލު އަދަދު މިއަށްވުރެ ތަފާތުވުން އެކަށީގެންވެއެވެ.

ޑައުންޑިޓެކްޓަރ އިން ބުނި ގޮތުގައި އިންޑިއާ، އިނގިރޭސިވިލާތް، އޮސްޓްރޭލިއާ އަދި މެކްސިކޯ ހިމެނޭ ގޮތަށް އެހެން ގައުމުތަކުގައި ވެސް ޔޫޓިއުބްގެ ޚިދުމަތް މެދުކެނޑުމުގެ މައްސަލަތަކާ ކުރިމަތިވިއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް