ސިޔާސީ

ވަގުތު ފާއިތުވުމުގެ ކުރިން ހަގީގަތާ ކުރިމަތިލާން ޝަމްޢާން ސަރުކާރަށް ގޮވާލައިފި

ހއ

ހުސެއިން އާދަމް

06 އޭޕްރިލް 2026
10:33
ވަގުތު ފާއިތުވުމުގެ ކުރިން ހަގީގަތާ ކުރިމަތިލާން ޝަމްޢާން ސަރުކާރަށް ގޮވާލައިފި

އޭޕްރިލް 4 ގައި ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބާއި ފެންނަ ނުފެންނަ ވޯޓުން ސަރުކާރަށް ކުރިމަތިވި ބޮޑު ނާކާމިޔާބީއަކީ މިހާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ލިބުނު ބޮޑު ނާކާމިޔާބެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރަމުންދާއިރު، އެ "ހަގީގަތާ" ކުރިމަތިލުމަށް ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްޢާން ވަޙީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

އެކްސްގައި ކުރެއްވި ކުރު ނަމަވެސް ސީދާ މެސެޖެއްގައި ޝަމްޢާން ވަނީ އިންތިޚާބުގެ ނަތީޖާއަކީ ހަމައެކަނި ސިޔާސީ ބައްޔެއް ނޫން ކަމަށާއި، އެއީ ވަގުތުން ފުންކޮށް ވިސްނައި އިސްލާހީ ފިޔަވަޅުތައް އެޅުމަށް ގޮވާލާ "ހޭލުމުގެ ރަނގަބީލެއް" ކަމަށް ސިފަކުރައްވާފައެވެ.

"ވަހުމްތަކުން މިންޖުވެ، ހަގީގަތާއި ކުރިމަތިލާންވީ ވަގުތު ޖެހިއްޖެ،" ކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ ހަގީގީ ހިތްވަރަކީ ކުށްތައް ގަބޫލުކޮށް ލަސްނުކޮށް އެކަންކަން އިސްލާހުކުރުން ކަމަށެވެ.

މީގެ އިތުރުން، އޭނާގެ މި ވާހަކަތަކަކީ ހެޔޮއެދޭ ފަރާތެއްގެ ހައިސިއްޔަތުން ދެއްވި ޚިޔާލެއް ކަމަށް ވިދާޅުވެ، ސަރުކާރު މިހާރު މިސްރާބު ހުރި ގޮތާމެދު އޮތް ކަންބޮޑުވުން ފާޅުކުރެއްވިއެވެ.

އިންތިޚާބުގެ ނަތީޖާ މާނަކޮށް އެއަށް އިޖާބަދިނުމަށް ސަރުކާރަށް ގިނަ ބަޔަކު އަންނަނީ އިލްތިމާސް ކުރަމުންނެވެ. މި ބޮޑު ނާކާމިޔާބީއާއެކު، އާންމުންގެ މެދުގައި އޮތް ހިތްހަމަނުޖެހުމާއި، ސަރުކާރުގެ ސިޔާސަތުތަކާއި، ލީޑަޝިޕްގެ ނިންމުންތަކާއިމެދު ސީރިއަސްކޮށް ވިސްނަން ގިނަ ބަޔަކު އަންނަނީ ގޮވާލަމުންނެވެ. ހަރުދަނާ ފިޔަވަޅުތަކެއް ނޭޅިއްޖެނަމަ އާންމުންގެ އިތުބާރު އިތުރަށް ގެއްލިގެން ހިނގައިދާނެ ކަމަށް އެފަރާތްތަކުން ބުނެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް