ޚަބަރު

ގއ.ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެ

ހއ

ހުސެއިން އާދަމް

09 އޭޕްރިލް 2026
04:33
ގއ.ވިލިނގިއްޔަށް ދަތުރުކުރި ބޯޓެއް އަޑިއަށް ގޮސް ދިވެއްސަކު ގެއްލިއްޖެ

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރަނިކޮށް ރޭ ދަންވަރު ބޯޓެއް އަޑިއަށް ގޮސް، ގެއްލުނު ދިވެއްސަކު ހޯދުމުގެ މަސައްކަތް ފަށައިފިއެވެ.

ފުލުހުން މައުލޫމާތު ދިން ގޮތުގައި "އުދަރެސް" ނަމަކަށް ކިޔާ މި ބޯޓު އަޑިއަށް ދިޔައީ ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އެރުމުގެ ސަބަބުންނެވެ. ހާދިސާ ހިނގިއިރު ބޯޓުގައި ތިބި 13 މީހުންގެ ތެރެއިން އެކަކު ވަނީ ގެއްލިފައެވެ. ނަމަވެސް ގެއްލުނު މީހާއާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.

މި ހާދިސާގައި ބޯޓުގައި ތިބި މީހުންގެ ތެރެއިން އެއް ބިދޭސީއަކު ވަނީ ފަތާފައި ގޮސް އޮޅުވެލި ރިސޯޓަށް އަރާފައެވެ. އަދި ބޯޓުގައި ތިބި އިތުރު 11 މީހަކު އެ ރިސޯޓުގެ ދޯންޏަކުން ވަނީ ސަލާމަތްކޮށްފައެވެ. ސަލާމަތްކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީން ކަމަށާއި، އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށް ފުލުހުން ބުނެފައިވެއެވެ.

ފުލުހުންނަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ރޭ ދަންވަރު 1:25 އެހާކަންހާއިރުއެވެ.

ބޯޓު އަޑިއަށް ދިއުމުގެ ސަބަބުން އޭގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު އެކަމަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް