ދުނިޔެ

އެމެރިކާގެ މަޝްހޫރު ސައިންސްވެރިންތަކެއް ކުއްލި މަރުތައް ބޮޑު ނުތަނަވަސްކަމަކަށް!

ހއ

ހުސެއިން އާދަމް

09 އޭޕްރިލް 2026
06:16
އެމެރިކާގެ މަޝްހޫރު ސައިންސްވެރިންތަކެއް ކުއްލި މަރުތައް ބޮޑު ނުތަނަވަސްކަމަކަށް!

ޑެއިލީ މެއިލްއިން އެމެރިކާގެ އިންޓެލިޖެންސް މަސްދަރުތަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި، ފާއިތުވި ތިން އަހަރު ތެރޭގައި އެމެރިކާގެ މަޝްހޫރު ނުވަ ސައިންސްވެރިއަކު މަރުވުމާއި ގެއްލުމަކީ "ނުތަނަވަސްކަން އުފެދޭ ފަދަ ކަމެކެވެ."

އެންމެ ފަހުން ހިނގި ހާދިސާގައި، ގެއްލިގެން ހޯދަމުންދިޔަ ކެންސަރު ރިސާޗް ސައިންސްވެރިއެއް ކަމަށްވާ ޖޭސަން ތޯމަސްގެ ހަށިގަނޑު މިދިޔަ މަހު ފެނިފައިވަނީ މެސެޗޫސެޓްސްގެ ކޯރެއްގެ ތެރެއިންނެވެ. އޭގެ ކުރީ މަހު، އެމެރިކާގެ ނިއުކްލިއާ ޕްރޮގްރާމްގައި މަސައްކަތް ކުރެއްވި ކަމަށް ބުނާ އެއާފޯސްގެ ރިޓަޔާޑް ޖެނެރަލް ވިލިއަމް މެކްކަސްލޭންޑް ގެއްލިފައިވާއިރު، އެސްޓްރޯފިޒިސިސްޓް ކާލް ގްރިލްމެއާ ވަނީ ކެލިފޯނިއާގައި ހުންނަ އޭނާގެ ގޭގެ ބޭރުގައި ބަޑިޖަހާ މަރާލާފައެވެ.

"މިއީ ހުރިހާ ކަމަކީވެސް ޝައްކު އުފެދޭ ކަންތައްތަކެއް ކަމަށް ބުނެވިދާނެ، އަދި މިއީ ނާޒުކު ޓެކްނޮލޮޖީތަކުގައި މަސައްކަތް ކުރައްވާފައިވާ ސައިންސްވެރިން،" އެފްބީއައިގެ ކުރީގެ އެސިސްޓަންޓް ޑައިރެކްޓަރު ކްރިސް ސްވެކާ ވިދާޅުވި ކަމަށް ޑެއިލީ މެއިލްގައިވެއެވެ.

އޭނާ ވިދާޅުވި ގޮތުގައި، އެމެރިކާގެ އެކުވެރި ގައުމުތަކާއި ދެކޮޅު ގައުމުތަކުގެ ފޮރިން އިންޓެލިޖެންސް ސާވިސްތަކުން، ސައިންޓިފިކް ސިއްރުތައް އެނގޭ އެމެރިކާ މީހުންނަށް އަމާޒުކުރާތާ އެތައް އަހަރެއް ވެއްޖެއެވެ. "މިއީ ފިނި ހަނގުރާމައިގެ ދުވަސްވަރުން ފެށިގެން ހިނގަމުންދާ ކަމެއް... ހާއްސަކޮށް ނިއުކްލިއާ ޓެކްނޮލޮޖީއާއި މިސައިލް ޓެކްނޮލޮޖީ އެންމެ ފުރަތަމަ ކުރިއަރަން ފެށި ދުވަސްވަރު." އޭނާ ވިދާޅުވިއެވެ.

ގެއްލުމުގެ ކުރިން މެކްކަސްލޭންޑް ހުންނެވީ އެއާފޯސް ރިސާޗް ލެބްގެ އިސްވެރިޔާގެ މަގާމުގައެވެ. އެތަނުން ވަނީ ނާސާގެ ޖެޓް ޕްރޮޕަލްޝަން ލެބޯޓްރީގެ މެޓީރިއަލްސް ޗީފް މޮނިކާ ރޭޒާގެ ޖެޓް އިންޖީނު މަޝްރޫއަކަށް ފަންޑު ދީފައެވެ. މޮނިކާ ރޭޒާ ވެސް ވަނީ މިދިޔަ އަހަރު، މަގާމާ ހަވާލުވިތާ މަދު މަސްތަކެއްގެ ތެރޭގައި ގެއްލިފައެވެ.

އެމެރިކާގެ NEOWISE އަދި NEO Surveyor އޯބިޓަލް ޓެލެސްކޯޕްގައި ގްރިލްމެއާ ކުރެއްވި މަސައްކަތަކީ ވެސް އެއާފޯސްއާ ގުޅުން ހުރި މަސައްކަތެކެވެ. ސަބަބަކީ ބޭރު ގައުމުތަކުގެ ސެޓެލައިޓްތަކާއި މިސައިލްތައް ޓްރެކް ކުރުމަށް އެމެރިކާގެ އަސްކަރިއްޔާއިން މި ދެ ޓެލެސްކޯޕް ބޭނުންކުރާތީ ކަމަށް އެ ނޫހުން ރިޕޯޓްކުރެއެވެ.

ނާސާގެ ޖޭޕީއެލްގައި މަސައްކަތް ކުރި އިތުރު ދެ ސައިންސްވެރިން ކަމަށްވާ ފްރޭންކް މައިވާލްޑް އަދި މައިކަލް ހިކްސް ވެސް 2023 ވަނަ އަހަރުން ފެށިގެން މަރުވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ޑެއިލީ މެއިލްއިން ބުނާ ގޮތުގައި، ފަހުން ބުނި ދެ މީހުންގެ މަރުގައި އެއްވެސް ގޯސް ކަމެއް ހިނގާފައިވާ ކަމަށް ތުހުމަތެއް ނުކުރެއެވެ. އަދި މަރުވި ސަބަބެއް އާންމެއް ނުކުރެއެވެ.

ނިއުކްލިއާ ރިސާޗްގައި އޭއެފްއާރްއެލްއާ ގުޅިގެން މަސައްކަތްކުރާ ލޮސް އަލާމޯސް ނޭޝަނަލް ލެބޯޓްރީގައި މަސައްކަތް ކުރި އެންތަނީ ޗާވޭޒް އަދި މެލިސާ ކާސިއަސް ގެއްލިފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އަހަރުގެ ހޫނު މޫސުމުގައެވެ. ރިޕޯޓްތައް ބުނާ ގޮތުގައި އެ ދެ މީހުން ވެސް ނިއު މެކްސިކޯގައި ހުންނަ އެމީހުންގެ ގެއިން ނުކުމެގެން ދިޔައީ ހިނގާފައެވެ. އަދި ގެއްލުމުގެ ކުރިން އެމީހުންގެ ކާރާއި، ތަޅުދަނޑިތަކާއި، ވޮލެޓާއި ފޯނު ގޭގައި ބަހައްޓާފައި ހުއްޓެވެ.

މީގެ އިތުރުން، ފިއުޝަން އެނާޖީގެ އާ ހޯދުންތަކެއްގައި މަސައްކަތް ކުރައްވަމުން ގެންދެވި ގަދަރުވެރި ފިޒިސިސްޓް ނޫނޯ ލޮރޭރޯ ވަނީ މިދިޔަ ޑިސެމްބަރު މަހު މެސެޗޫސެޓްސްގައި ބަޑިޖަހާ މަރާލާފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް