ޚަބަރު

ގެއްލުނު މީހާ އޮޔާދަނިކޮށް ސަލާމަތްކޮށްފި

ހއ

ހުސެއިން އާދަމް

09 އޭޕްރިލް 2026
06:34
ގެއްލުނު މީހާ އޮޔާދަނިކޮށް ސަލާމަތްކޮށްފި

މާލެއިން ފުރައިގެން ގއ. ވިލިނގިއްޔަށް ދަތުރުކުރި "އުދަރެސް" ބޯޓު ލ. އޮޅުވެލި ކައިރީގައި އޮންނަ ފަރަކަށް އަރައި އަޑިއަށް ދިޔަ ހާދިސާގައި ގެއްލުނު ދިވެހި މީހާ، ކަނޑުމަތީގައި ޕެލެޓެއްގެ މަތީގައި އޮއްވާ ފެނިގެން ސަލާމަތްކޮށްފިއެވެ.

ޖުމްލަ 13 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ގެއްލުނު އިސްމާއިލް އަފީފު ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ރޭ ފެށިގެން ކުރަމުންދަނިކޮށް، އޭނާ ފެނިފައިވަނީ ދިރިހުއްޓާ ކަމަށް ސިފައިން ވަނީ ކަށަވަރުކޮށްދީފައެވެ. ފުލުހުން މައުލޫމާތު ދިން ގޮތުގައި އުމުރުން ދުވަސްވީ މި މީހާ ފެނުނީ އެ ސަރަހައްދުން ދަތުރުކުރި ސަޕްލައި ދޯންޏަކަށެވެ. އޭނާއަށް މިހާރު ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.

މި ހާދިސާ ހިނގި ވަގުތު ބޯޓުގައި ތިބި މީހުންގެ ތެރެއިން އެކަކު ފަތާފައި ގޮސް ރިސޯޓަކަށް އެރިއިރު، އިތުރު 11 މީހަކު ވަނީ އެ ރިސޯޓުގެ އެހީތެރިކަމާއެކު ސަލާމަތްކޮށްފައެވެ. ސަލާމަތްވި މީހުންގެ ތެރޭގައި ހިމެނެނީ ދެ ދިވެހިންނާއި ނުވަ ބިދޭސީންނެވެ. ފުލުހުން ބުނި ގޮތުގައި މި އެންމެންގެ ހާލުވެސް ރަނގަޅެވެ.

ރޭ ދަންވަރު ހިނގި މި ހާދިސާއާ ގުޅިގެން ބޯޓު އަޑިއަށް ގޮސްފައިވާއިރު، އޭގައި ހުރި މުދާތައް އޮޅުވެލީގެ ހުޅަނގު ފަރާތަށް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރު ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް