ޚަބަރު

ކްރެޑިޓަށް ފުލުހުންނަށް ބޭސްފަރުވާ ކޮށްދޭނެ ހޮސްޕިޓަލްތައް ހޯދަން އިއުލާންކޮށްފި

ހއ

ހުސެއިން އާދަމް

12 އޭޕްރިލް 2026
06:22
ކްރެޑިޓަށް ފުލުހުންނަށް ބޭސްފަރުވާ ކޮށްދޭނެ ހޮސްޕިޓަލްތައް ހޯދަން އިއުލާންކޮށްފި

ދިވެހި ފުލުހުންގެ ޚިދުމަތުގައި މަސައްކަތްކުރާ ފުލުހުންނާއި ސިވިލް މުވައްޒަފުންނާއި ފުލުހުންގެ އާއިލާތަކަށް ކްރެޑިޓް އުސޫލުން ބޭސްފަރުވާގެ ޚިދުމަތް ފޯރުކޮށްދޭނެ ހޮސްޕިޓަލްތަކާއި ކްލިނިކްތައް ހޯދުމަށް ފުލުހުންގެ އިދާރާއިން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އިއުލާނާއެކު އާންމުކޮށްފައިވާ ބިޑް ރެޖިސްޓްރޭޝަން ފޯމު ފުރިހަމަކުރުމަށްފަހު، ފުލުހުންގެ ޕްރޮކިއުމަންޓް ޔުނިޓަށް އީމެއިލް މެދުވެރިކޮށް ހުށަހަޅަންޖެހެއެވެ.

މި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ 22 އޭޕްރީލް 2026 ވާ ބުދަ ދުވަހުގެ މެންދުރު 12:00 އެވެ. ފުލުހުންގެ އިދާރާއިން ބުނީ ކަނޑައެޅިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ކަމަށެވެ. ބީލަމަށް ރަޖިސްޓްރީވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމަށް ބޭނުންވާ އިތުރު މައުލޫމާތުތައް ހިއްސާކުރާނެ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

ޕްރޮޕޯސަލް ހުށަހެޅުމަށް ހަމަޖެހިފައިވާ އެންމެ ފަހު ތާރީޚަކީ 12 މެއި 2026 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 14:00 އެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 11 މެއި 2026 ގެ މެންދުރު 12:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް ސުވާލު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މިކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދުމަށް ފުލުހުންގެ ޕްރޮކިއުމަންޓް ސެކްޝަނުގެ ނަންބަރު 9790052 އަށް ގުޅުމަށް ނުވަތަ fmhi_C2484@police.gov.mv އަށް އީމެއިލް ކުރުމަށް ފުލުހުންގެ އިދާރާއިން އެދެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް