ޚަބަރު

ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ

ކ

ކްރިޓިކްސް

13 އޭޕްރިލް 2026
07:49
ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވި ޒުވާނަކު ނިޔާވެއްޖެ

ޑެންގީ ބަލީގައި ހާލު ބޮޑުވި ޒުވާނަކު މިއަދު ނިޔާވެއްޖެއެވެ. އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި، ނަބްހާން ނަމަކަށް ކިޔާ ޒުވާނާ ނިޔާވީ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ.

އުމުރުން 23 އަހަރުގެ މި ޒުވާނާއަށް އެންމެ ފުރަތަމަ ފަރުވާ ދީފައިވަނީ އޭނާ ނިސްބަތްވާ ށ. މިލަންދޫ ސިއްހީ މަރުކަޒުންނެވެ.

އެހެންނަމަވެސް، ބަލިމީހާގެ ހާލަތު އިތުރަށް ގޯސްވުމުގެ ސަބަބުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންދިއުމަށްފަހު، އިތުރު ފަރުވާ ހޯދުމަށް މާލެއަށް ބަދަލުކުރެވުނީ އިއްޔެއެވެ.

ރާއްޖޭގައި ޑެންގީ ހުން ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ މި ދަނޑިވަޅުގައި، މިދިޔަ މަހު އެކަނިވެސް 535 މީހުންނަށް މި ބަލި ޖެހިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި 60 ކޭސްއާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ބޮޑު އިތުރުވުމެކެވެ.

މީގެ އިތުރުން، މިއަހަރުގެ ފެބްރުއަރީ މަހު 428 މީހަކަށް ޑެންގީ ޖެހިފައިވާއިރު، މިދިޔަ އަހަރުގެ އެ މަހު މި ބަލި ޖެހިފައިވަނީ 76 މީހުންނަށެވެ. މަދިރީގެ ޒަރިއްޔާއިން ފެތުރޭ މިފަދަ ބަލިތަކުން ރައްކާތެރިވުމަށް ސަމާލުކަން ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފައެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް