ސިޔާސީ

މިހާރު ފޫވެއްޓިއްޖެ، ދެން އޮތީ މިވެރިކަމުގެ ނިމުން - ޖަމީލް

ހއ

ހުސެއިން އާދަމް

14 އޭޕްރިލް 2026
13:45
މިހާރު ފޫވެއްޓިއްޖެ، ދެން އޮތީ މިވެރިކަމުގެ ނިމުން - ޖަމީލް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ 10 ވަޒީރަކު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޖަމީލް ވަނީ މިއަދު ހިނގައިދިޔަ ކަންކަމަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ހާދިސާއާ އެއްގޮތް ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ޑރ. ޖަމީލް ވިދާޅުވީ ރައީސް މުއިއްޒުގެ މި ހާލަތަކީ ކުރީގެ ހާދިސާތަކާ ވަރަށް އެއްގޮތް އަދި ވަރަށް ބޮޑަށް ދިމާވާ ކަންތައްތަކެއް ކަމަށެވެ. އަދި މިއީ ވެރިކަމުގެ މެދުތެރެއިން އައި "ސުނާމީއެއް" ބާވައޭ ވިދާޅުވެ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.

"މިހާރު ފޫވެއްޓިއްޖެ. ދެން އޮތީ މިވެރިކަމުގެ ނިމުން. ان شاءالله" ޖަމީލްގެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.

އޭނާ އިތުރަށް ވިދާޅުވީ ރައީސް މުއިއްޒާއި ރައީސް ނަޝީދުގެ އުމުރުފުރާވެސް ދާދި އެއްވަރު ކަމަށާއި، މިހާރު ފެންނަމުންދާ މަންޒަރުތަކުން ވެރިކަން ނިމުމަކަށް އަންނަމުންދާކަން ހާމަވާ ކަމަށެވެ.

މީގެ އިތުރުން، މުއިއްޒުގެ އާ ކެބިނެޓަށް އަތުވެދާނެ ކަމަށް ބެލެވޭ ނުވަތަ ޖަމީލް ތަސައްވަރު ކުރައްވާ ލިސްޓެއްވެސް ވަނީ ހިއްސާކުރައްވާފައެވެ. އެ ލިސްޓުގައި ހިމެނެނީ:

  • 1. ސާޖިދާ

  • 2. މަލްޝާ

  • 3. ޝިއުނާ

  • 4. ސަލަފު އަބްލޯ

  • 5. ގާސިމުގެ އާއިޝާ

  • 6. އާޒިމާ

ކެބިނެޓުގެ ބޮޑު ބައެއް މިއަދު އިސްތިއުފާ ދީފައިވާއިރު، މިއީ މި ސަރުކާރު އައި ފަހުން ސިޔާސީ މަސްރަހަށް އައި އެންމެ ބޮޑު ލޮޅުމެވެ. ޑރ.ޖަމީލަކީ މި ސަރުކާރު ވެރިކަމަށް އައުމަށްފަހު، ސަރުކާރުގެ ސިޔާސަތުތަކަށް އެންމެ ބޮޑަށް ފާޑުވިދާޅުވަމުންދާ އެއް ބޭފުޅާކަން ފާހަގަކޮށްލެވެއެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް