ވިޔަފާރި

ބީއެމްއެލް މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ހއ

ހުސެއިން އާދަމް

04 ޖޫން 2026
14:32
ބީއެމްއެލް މަޖިލީހަށް ހާޒިރުކޮށްދޭން އެދިއްޖެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދެމުންގެންދާ ހިދުމަތްތަކާ މެދު އާންމުންގެ މެދުގައި އުފެދިފައިވާ ޝަކުވާތަކާ ގުޅިގެން، އެ ބޭންކުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއަށް ހާޒިރުކުރުމަށް އެދިއްޖެއެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ފޮނުއްވި ސިޓީއެއްގައި، ރައްޔިތުންނަށް ދިމާވެފައިވާ މައިގަނޑު ތިން ދަތިކަމެއް ވަނީ ފާހަގަކުރައްވާފައެވެ.

އޭގެ ތެރޭގައި އާންމު ހާލަތްތަކުގައި ބޭނުންވާ ޑޮލަރު ލިބުމުގެ ދަތިކަމާއި، ބޭރުގެ އެކި މުއާމަލާތްތަކަށާއި ބޭސްފަރުވާގެ ކަންކަމަށް ފައިސާ ދެއްކުމުގައި ދިމާވާ ހުރަސްތަކުގެ އިތުރުން، ބޭންކުގެ ހިދުމަތްތައް މެދުކެނޑުމުގެ މައްސަލަ ހިމެނެއެވެ.

މި މައްސަލަތައް ތަކުރާރުވަމުންދާއިރު ވެސް، އެފަދަ ކަމެއް ނޫޅޭ ކަމަށް ބުނެ ބޭންކުން ހަގީގަތް އޮޅުވާލަމުންދާ ކަމަށް ތުހުމަތުކޮށް، އެކަން ތަހުގީގު ކުރަން ޖެހޭ ކަމަށް އެ ސިޓީގައި ބަޔާންކޮށްފައިވެއެވެ.

މެންބަރު އެދިވަޑައިގެންފައިވަނީ މި މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމެއް ބާއްވައި، ބޭންކުގެ މެނޭޖްމަންޓް ކޮމިޓީއަށް ހާޒިރުކޮށް ސުވާލުކުރުމަށެވެ.

ޓެގްތައް

ކޮމެންޓް (0)

ކޮމެންޓް ލިޔުމަށް